Ad
ޑރ.ނަޒްލާ ރަފީޤު - އެޗް.އީ.އޯ.ސީގެ ތަރުޖަމާނު
ޑރ.ނަޒްލާ ރަފީޤު - އެޗް.އީ.އޯ.ސީގެ ތަރުޖަމާނު

ފްލޫ ކުލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް!

އަނެއްކާވެސް މާލެ ސަރަހައްދުގައި ފްލޫ ކުލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުރެގެން ކްލިނިކްތަކަށް ދެއްކި މީހުންގެ އަދަދު އިތުރުވެ، ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މީގެ ދެހަފްތާ ކުރިން ފްލޫ ކްލިނިކުން ޕޮސިޓިވްވީ %6 ސާމްޕްލެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު، %2 އިތުރު އަދަދެއް ކަމަށް އެޗް.އީ.އޯ.ސީއިން ބުނެއެވެ.
އަދި މިދިޔަ ހަފްތާގައި ފްލޫ ކްލިނިކުން ނެގި 465 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ޕޮސިޓިވްވެފައިވެއެެވެ. އެއީ ނެގި ސާމްޕަލްތަކުގެ %7 ކަމަށާއި އަނެއްކާވެސް ފަސެންޓޭޖް މައްޗަށް ޖެހިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިގޮތަށް ފްލޫ ކްލިނިކުން ކޭސްތައް ފެންނަ މިންވަރު އިތުރުވުމަކީ، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

" ފްލޫ ކްލިނިކުން ޕޮސިޓިވް ކޭސްތައް ފެންނަ މިންވަަރު އިތުރުވާނަމަ އޭގެން އެ ދޭހަވަނީ މާލެ ސަރަހައްދުގައި އަނެއްކާވެސް ކޭސް ގިނަވެދާނެކަމުގެ ފެހިސިގްނަލް" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ކޭސްތަކުގެ އަދަދު އިތުރުވަމުންދާނަމަ، ފިޔަވަޅުތަކަށް އިތުރަށް ލުއިދޭން ދަތިވެގެންދާނެ ކަމަށެވެ. އެހެންކަމުން ފިޔަވަޅުތަކަށް ދޭ ލުއިތަކާއިއެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ގައިޑްލައިންތަކާއި އެގޮތަށް އަމަލުކުރުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަގަޅުވަމުން އައިސް މިފަހުން ކޭސްތައް ފެންނަ މިންވަރު ދަށްވުމަށްފަހު އަނެއްކާވެސް ވަނީ ހާލަތު ގޯސްވާން ފަށާފައެވެ. އެގޮތުން މިބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެ، ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

އިއްޔެ ރާއްޖެއިން 50 ކޭސް ފެނިފައިވާއިރު، މިހާރު މިބަލި ޖެހުނު މީހުންގެ އަދަދުވަނީ 12،204 އަށް އަރާފައެވެ.

އަދި މިބަލީގައި ރޭވެސް އިތުރު މީހަކު މަރުވެފައިވާއިރު، މަރުވި މީހުންގެ އަދަދުވަނީ 44 އަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *