Ad
މަސްވެރިން މަސް ބާނަނީ
މަސްވެރިން މަސް ބާނަނީ

މިދިޔަ އަހަރުގެ އެކްޓޯބަރު މަހަށްވުރެ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު %5 އިތުރު: ކަސްޓަމްސް

މިދިޔަ އަހަރުގެ އެކްޓޯބަރު މަހަށްވުރެ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު %5 އިތުރުކަމަށް ކަސްޓަމަސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތް ތަކެވެ. މިގޮތުން ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި ކަޅުބިލަ މަހެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި ކަޅުބިލަމަހުގެ 58 އިންސައްތަ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެޤައުމަށް މަސް ބޭރުކޮށްގެން 166 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއިން ބޭރުކުރީ ބޮޑުކަންނެލީގެ ބާވަތްތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހަށް ޖުމްލަ 230 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެންމެ ގިނައިން ކަންނެލި އެކްސްޕޯޓްކޮށްފައިވަނީ ފްރާންސްއަށެވެ. އެއީ 8 އިންސައްތައެވެ. ޖަރުމަނަށް 6 އިންސައްްތަ ބޭރުކުރިއިރު އިނގެރޭސިވިލާތައް 5 އިންސައްތަ ބޭރުކުރިއެވެ. އަދި އެމެރިކާއަށް 4 އިންސައްތަ މަސް ބޭރުކުރިއެވެ. ފްރާންސްއަށް އެކްސްޕޯޓްކުރި މަހުގެ އުފެއްދުންތަކުން 22 މިލިޔަން ރުފިޔާ ލިބުނުއިރު ޖަރުމަނަށް އެކްސްޕޯޓްކުރި މަހުން 17 މިލިޔަން ރުފިޔާ ލިބުނެވެ. އަދި އިނގެރޭސިވިލާތައް ބޭރުކުރި މަހުން 13 މިލިޔަން ލިބުނުއިރު އެމެރިކާއަށް ބޭރުކުރި މަހުގެ ބާވަތްތަކުން 11 މިލިޔަން ރުފިޔާ ލިބުނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *