Advertisement
BML Home 2nd Ad

ދުޢާކުރާއިރު ޙަމްދު ޞަލަވާތް ކިޔާނީ ކޮން އިރަކު؟

ދުޢާކުރާއިރު ﷲ ތަޢާލާއަށް ޙަމްދުކުޅައުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުމަކީ ދުޢާކުރުމުގެ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބުތަކެވެ.

Advertisement
Etukuri Inside ad 300x300 Desktop

ދުޢާކުރާ މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޘަނާ ދެންނެވުމަށް ފަހު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ފެށުމީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. އެއަށްފަހު އެމީހެއް ބޭނުން ކަމަކަށް ދުޢާ ކުރާނީއެވެ. އެއީ އަންނަނިވި ޙަދީޘް ފުޅުގައި ވާފަދައިންނެވެ.

عَنْ فَضَالَةَ بن عُبَيْدٍ رَضِيَ للهُ عَنْهُ سَمِعَ رَسُولُ للهِ صَلَّى للهُ عَلَيْهِ وَسَلَّمَ رَجُلًا يَدْعُو فِي صَلَاتِهِ لَـمْ يُمَجِّدِ لله تَعَالَى وَلَـمْ يُصَلِّ عَلَى النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ للهِ صَلَّى للهُ عَلَيْهِ وَسَلَّمَ عَجِلَ هَذَا ثُـمَّ دَعَاهُ فَقَالَ لَهُ أَوْ لِغَيْرِهِ إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَمْجِيدِ رَبِّهِ جَلَّ وَعَزَّ وَالثَّنَاءِ عَلَيْهِ ثُـمَّ يُصَلِّي عَلَى النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ ثُـمَّ يَدْعُو بَعْدُ بِمَا شَاءَ- رواه أبو داود (1481 ) والترمذي (3477) وصححه الألباني في صحيح أبي داود (1314).

ފަޟާލަތު ބިން ޢުބައިދު ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. މީހަކު ނަމާދުގައި ﷲ ގެ ތަޖްމީދުކުރުމަކާ ނުލައި ( އެބަހީ ޙަމްދުޘަނާކިޔައި މަތިވެރިކުރުމަކާނުލައި) އަދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކާ ނުލައި ދުޢާ ކުރަނިކޮށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަޑުއެއްސެވިއެވެ. ދެން ފަހެ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އޭނާ އަވަސް އަރުވާލައިފިއެވެ.” ދެން އެއަށްފަހު އެމީހާއަށް ގޮވައި ގެންނަވައި އެމީހާއަށް ނުވަތަ (އެތާގައި ތިބި) އެހެން މީސްތަކުންނަށް ޙަދީޘް ކުރެއްވި އެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުޢާ ކުރާ ހިނދު ފަހެ އެމީހަކު އެމީހެއްގެ ރައްބު ތަމްޖީދުކުރުމާއި ޘަނާ ދެންނެވުމުން ފަށާހުށިކަމެވެ. އެއަށްފަހު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔަވާހުށިކަމެވެ. ދެން އެއަށްފަހު އެމީހަކު އެދޭ ކަމަކަށް ދުޢާ ކުރާހުށިކަމެވެ.”

وروى البيهقي في شعب الإيمان عن علي رضي الله عنه قال ” كُلُّ دُعَاءٍ مَحْجُوبٌ حَتَّى يُصَلَّي عَلَى النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ ورواه بقي بن مخلد عن علي مرفوعا إلى النبي صلى الله عليه وسلم . والحديث صححه الألباني في صحيح الجامع برقم 4523 ޝުޢަބުލް އީމާންގައި އަލްބައިހަޤީ ރިވާކުރައްވާފައިއެވެ. ޢަލީ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. “ކޮންމެ ދުޢާއަކީވެސް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ނުކިޔެވޭހާ ހިނދަކު ހިފެހެއްޓިގެންވާ ދުޢާއެކެވެ. މިބަސްފުޅު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް މަރްފޫޢުކޮށް ނިސްބަތްވާ ކަމަށް ބަޤީ ބިން މުޚައްލަދު ރިވާކުރައްވާފައިއެވެ.

قال عمَرُ بنُ الخطَّابِ رضي الله عنه: إنَّ الدُّعَاءَ مَوْقُوفٌ بَيْنَ السَّمَاءِ وَالْأَرْضِ لَا يَصْعَدُ مِنْهُ شَيْءٌ، حَتَّى تُصَلِّيَ عَلَى نَبِيِّكَ صَلَّى اللهُ عَلَيْهِ وَسَلَّمَ. رواه الترمذي ( 486) وحسنه الألباني في صحيح الترمذي (403).

ޢުމަރު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. “ހަމަކަށަވަރުން ދުޢާ ވަނީ އުޑާއި ބިމާއި ދެމެދުގައި ހިފެހެއްޓި ގެންނެވެ. އެއިން އެއްވެސް އެއްޗެއް، ތިބާގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާނދެން އުފުލިގެން ނުދެއެވެ.”

ދުޢާކުރުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކޮން އިރަކު؟ ދުޢާ ފެށުމުގައިތަ ނުވަތަ ނިމުމުގައިތަ؟

އިމާމް ނަވަވީ ރަޙިމަހު ﷲ އަލްއަޛްކާރުގެ 176 ވަނަ ޞަފުޙާގައި ވިދާޅުވެފައިވެއެވެ.

“ﷲ ތަޢާލާ އަށް ޙަމްދާއި ޘަނާ ދެންނެވުމަށް ފަހު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުމުން ދުޢާ ފެށުމީ ޢިލްމުވެރިން އެކަމުގެ މައްޗަށް އިޖްމާޢުވެވަޑައިގެންފައިވާ ކަމެކެވެ. އަދި ހަމައެފަދައިން އެދެކަމުން ދުޢާ ނިންމުން ވެސް މެއެވެ. މިކަމުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް މަރްފޫޢުކޮށް ނިސްބަތްކުރެވޭ ވަރަށް ގިނަ ޙަދީޘްތަށް ވާރިދުވެފައިވެއެވެ.”

“ދަންނާށެވެ! ދުޢާކުރުމުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުން ތިން ދަރަޖައަކަށް ވެއެވެ.

ފުރަތަމައީ:

އެމީހަކު އެދޭ ކަމަކާއިގެން ދުޢާ ފެށުމުގެ ކުރިން، ﷲ އަށް ޙަމްދު ޘަނާ ކިޔުމަށް ފަހު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ. އެއީ އަންނަނިވި ޙަދީޘް ގައިވާ ފަދައިންނެވެ.

” إِذَا دَعَا أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللهِ وَالثَّنَاءِ عَلَيْهِ ثُـمَّ لْيُصَلِّ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ثُـمَّ لْيَدْعُ بَعْدُ بِمَا شَاءَ ” رواه الترمذي 3477 وصححه الألباني في صحيح أبي داوود 1314.

“ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުޢާ ކުރާނަމަ، ފަހެ އޭނާ، ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމަށް ފަހު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުމުން ދުޢާކުރަން ފަށާހުށިކަމެވެ.

 

ދެވަނައީ:

ދުޢާގެ ފެށުމުގައްޔާއި، މެދުތެރޭގައި، އަދި ނިމުމުގައި ވެސް ޞަލަވާތް ކިޔެވުމެވެ.

 

ތިންވަނައީ:

ދުޢާ ފެށުމުގައްޔާއި ނިމުމުގައި ޞަލަވާތް ކިޔެވުމެވެ. އަދި އެ ދެމެދުގައި އެމީހަކު އެދޭ ކަމަކަށް ދުޢާ ދެންނެވުމެވެ

انتهى كلام ابن القيم بتصرف من كتاب جلاء الأفهام ص 531

 

ޚުލާސާ

1- ދުޢާކުރަން ފެށުމުގައި ޙަމްދަށްފަހު ޞަލަވާތް ކިޔެވުން

2- ފެށުމާއި މެދު ތެރޭގައި އަދި ނިމުމުގައި ޙަމްދު ޞަލަވާތް ކިޔެވުން

3- ފެށުމާއި ނިމުމުގައި ޞަލަވާތް ކިޔެވުން.

މިތިން ގޮތުން ކުރެ ކޮންމެ ގޮތަކަށް ޢަމަލު ކުރިޔަސް މައްސަލައެއް ނެތެވެ.

 

ސަޖިދާގައި ނުވަތަ ނަމާދުގެ ތެރޭގައި ދުޢާކުރާއިރު ޙަމްދު ޞަލަވާތް ކިޔަވަންޖެހޭނެތޯއެވެ؟

ސަޖިދާގައި އޮވެ ދުޢާކުރި ނަމަވެސް ދުޢާކުރުމުގެ އަދަބުތައް ހިފެހެއްޓުން މުސްތަޙައްބުވެގެންވެއެވެ. އެގޮތުން ދުޢާކުރަން ފަށާނީ ﷲ އަށް ޙަމްދުކުރުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމުންނެވެ.

ޖަމާޢަތުގައި ނަމާދުކުރާ ނަމަ ދުޢާކުރުމުގައި މައުމޫމުން މިކަމުގައި އިމާމު މީހާ އަށް ރިޢާޔަތްކުރަން ޖެހޭނެއެވެ. އެހެނީ އިމާމު މީހާ ސަޖިދައިން ތެދުވުމާއެކު ލަސްނުވެ މައުމޫމުންވެސް ތެދުވަން ޖެހޭނެއެވެ. އެހެންކަމުން ޢާއްމުގޮތެއްގައި ދުޢާކުރާއިރު ހިފަހައްޓާ ހުރިހާ އަދަބުތައް. މިސާލަކަށް، ދުޢާކުރަންފަށާއިރު ﷲ އަށް ޙަމްދުކުރުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ފަދަ އަދަބުތައް ސަޖިދާގައި ދުޢާކުރާއިރު ހިފެހެއްޓުމަކީ ލިބޭ ވަގުތުގެގޮތުން ބަލާއިރު ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެ ހުރިހާ އަދަބެއް ނުގެނައިނަމަވެސް ފަސޭހަވީ މިންވަރަކުން ދުޢާކުރާނީއެވެ.

ޖަމާޢަތުގައި ނޫން ގޮތަކަށް ނަމާދުކުރާނަމަ، ތިބާއަށް ތިބާ ބޭނުން އިރެއް ވަންދެން ސަޖިދާގައި އޮތުމުގެ އިޚްތިޔާރު އޮންނާނެއެވެ. އެހެންކަމުން ދުޢާކުރާއިރު ހިފަހައްޓަންޖެހޭ އަދަބުތައް މި ޙާލަތުގައި ހިފެހެއްޓޭނެއެވެ. އެގޮތުން ޙަމްދާއި ޘަނާ ކިޔެވުމަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށްވެސް ޞަލަވާތް ކިޔެވޭނެއެވެ.

 

މަރްޖިޢުތައް

https://islamqa.info/ar/answers/4804

https://islamqa.info/ar/answers/21928

ޝައިޚް ބިން ބާޒްގެ ފަތުވާ نور على الدرب

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add