Advertisement
BML Home 2nd Ad

ނަމާދުގެ ތެރޭގައި ކިނބިއްސެއް އެޅިއްޖެނަމަ الحمد لله ކިޔަން ޖެހޭނެތޯ؟

ސުވާލު: ނަމާދުގެ ތެރޭގައި ކިނބިއްސެއް އެޅިއްޖެނަމަ الحمد لله ކިޔަން ޖެހޭނެ ތޯ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: ނަމާދުގައި ހުރެ މީހަކު ކިނބިއްސެއް އަޅައިފިނަމަ އޭނާ الحمد لله ކިޔުން ޝަރުޢުވެގެންވެއެވެ. ނަމާދަށް ތިބި މީހުންނަށް އުނދަގޫވާ ގޮތަށް ކިޔައިގެން ނުވާނެއެވެ. ކިނބިހި އަޅާފައި އެވަގުތު الحمد لله ނުކީނަމަވެސް މައްސަލައެއް ނެތެވެ.

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ، ނަމާދުގައިވިޔަސް ނަމާދުން ބޭރުގައިވިޔަސް، މީހަކު ކިނބިއްސެއް އަޅައިފިނަމަ الحمد لله ކިޔުމަކީ ވާޖިބެއް ނޫނެވެ. ނަމަވެސް އެއީ ކުރުން އެދެވިގެންވާ މުސްތަޙައްބު ކަމެކެވެ. އޭނާ الحمد لله ނުކީ ނަމަވެސް ފާފަވެރިއެއް ނުވާނެއެވެ.

ނަމާދުގައިވެސް ނަމާދުން ބޭރުގައިވެސް ކިނބިހި އެޅުމުން ﷲއަށް ޙަމްދު ކުރުމަށް ވަނީ އަންގަވާފައެވެ. އެއީ އޭނާ ނަމާދުގައި ހުރެ، އެހެންމީހުންނަށް އުނދަގޫނުވާނަމައެވެ. ނަމާދަށް ތިބި އެހެން މީހުންނަށް އުނދަގޫވާނަމަ ބާރަށް الحمد لله ކިޔުމުގެ ބަދަލުގައި ކިޔަންޖެހޭނީ ސިއްރުންނެވެ. އެއީ އޭނާ ބާރަށް ކިޔައިފިނަމަ އެހެން މީހުންނަށް އުނދަގޫ ވުމުގެ އިތުރުން، އެހެން މީހަކު ނަމާދަށް ހުރެ يرحمك الله ވެސް ކިޔާފާނެއެވެ. އެގޮތަށް ނަމާދަށް ހުރެ يرحمك الله ކިޔައިފިނަމަ އެމީހާގެ ނަމާދު ބާތިލްވާނެއެވެ. ” انتهى من “فتاوى نور على الدرب” (5 /313) .
والله أعلم

ނޯޓް: މި ލިޔުމަކީ އިސްލާމްކިޔުއޭގައިވާ މިލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add