Ad

އެފްރިކަން ކަޕް އޮފް ނޭޝަންސް: ސާޑިއޯ މާނޭގެ ގޯލުން ސެނަގޯލް ކޮލިފައިވެއްޖެ

ލިވަޕޫލްގެ ފޯވާޑު ސާޑިއޯ މާނޭގެ ގޯލުން ގިނީ ބިސާއު ބަލިކޮށް އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ސެނެގާލް ކޮލިފައިވެއްޖެ އެވެ.

ސެނެގާލް ކޮލިފައިވީ ގިނީ ބިސާއުގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރިހޯދައި ގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާނޭ ކާނިޔާބުކޮށްދިނީ މެޗްގެ 82 ވަނަ މިނެޓުގެއެވެ. މެޗުގައި ގިނީ ބިސާއުގެ ބޫރާއަށް ވަނީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. މިމެޗްގައި ގޯލް ޖަހާނެ ގިނަ ފުރުސަތު ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން ސެނެގާލް މިހާރު ފުޓްބޯޅަ ރޭންކިން އެއްވަނާގައި އޮތްއިރު އެ ޓީމަކީ 2021 އެފްރިކަން ކަޕް އޮފް ނޭޝަންސް ލީގަށް ކޮލިފައިވި ދެވަނަ ޓީމެވެ. މީގެކުރިން ކޮލިފައިވެފައިވަނީ މި މުބާރާތް ބޭއްވުމަށް ހަަމަޖެހިފައިވާ ގައުމު ކެމަރޫން އެވެ. ރޭގެ މޮޅާއިއެކު ސެނެގާލް ކޮލިފައިން ގުރޫޕް އައިގެ އެއްވަނާގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކުގައެވެ. އެ ޓީމު ކޮލިފައިވީ އަދި ބާކީ ދެ މެޗު އޮއްވައެވެ. މިމެޗުން ބަލިވި ގިނީ އޮތީ 3 ޕޮއިންޓާއެކު ތާވަލްގެ3 ވަނައިގައެވެ.

މި ގްރޫޕުގެ ދެވަނައިގައި އޮތް ކޮންގޯއަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިފައިވާއިރު މިމެޗުން ބަލިވި ގިނީ ބިސާއުއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކޮވިޑް ސަބަބުން މިހާރު މުބާރާތް އޮންނާނީ 2022 ވަނައަހަރުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *