Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ކޮވިޑް 19 : މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް!

ރާއްޖެއިން މިއަދު ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހުންނާއިއެކު ޖުމްލަ 110 މީހުން ޕޮޒިޓިވްވި ކަމަށެވެ. އަދި ރަށްރަށުން 24 ކޭސް ފެނިފައިވާ ކަަމަށެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 79 ބިދޭސީންނެވެ.

މިމީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 12،314 އަށް އަރާފައެވެ.

މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ 947 މީހުންނެވެ. އޭގެތެރެއިން 59 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އަދި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،316 މީހުންވަނީ ބަލިން ރަގަޅުވެފައެވެ.

އަދި މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ 44 އަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *