Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޯވިޑް-19: އިތުރު މީހަކު މިރޭ ނިޔާވެއްޖެ، ފާއިތުވި 3 ދުވަހު 4 ވަނަ މަރު!

ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިރޭ ނިޔާވެފައިވަނީ އައިޖީއެމްއެޗުގައި ފަރުދޭމުންދިޔަ ޢުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ފާއިތުވެގެން މިދާ 3 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑް 19 ގައި ނިޔާވި 4 ވަނަ މީހާއެވެ.

އިއްޔެ ވަނީ ކޯވިޑަށް ފަރުވާ ދެމުންދިޔަ 2 މީހަކު ނިޔާވެފައެވެ. އަދި އޭގެ ކުރީ ދުވަހުވެސް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. މިރޭ ނިޔާވި މީހާއާއިއެކު ކޯވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ނިޔާވިި 45 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 8 ބިދޭސީންނެވެ.

ފާއިތުވެދިޔަ 3 ދުވަހު ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. މިއަދު ވެސް ވަނީ 110 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ދުވަހެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *