Ad

ޓްރަމްޕުގެ ގިނަ އެޑްވައިޒަރުން ވިދާޅުވަނީ އެމެރިކާ އިތުރަށް ބަދުނާމު ނުކުރެއްވުމަށް!

މިހާތަނަށް ސާފުވި ނަތީޖާއިން ދައްކާ ގޮތުގައި ބައިޑަން ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވާފަ

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޖޯ ބައިޑަން ކޮޅަށް ބުރަވުމާއެކު، ރައީސް ޑޮނަލްޑް ޓްރަޕްޓް ވިދާޅުވެފައިވަނީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް އެބަ އުޅޭ ކަމަށާއި ސައްޙަ ވޯޓު ގުނައިފިނަމަ އިންތިހާބުގެ ނަތީޖާ ބުރަވާނީ އޭނާގެ ކޮޅަށް ކަމަށެވެ.

އިންތިހާބު އޮޅުވާލާފައިވާކަމަށް ވިދާޅުވެ ޓްރަޕްޓްގެ ޤާނޫނީ ޓީމު މެދުވެރިކޮށް ގިނަ މައްސަލަތަކެއް ވަނީ ކޯޓަށް ވައްދާފައެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ވިދާޅުވަނީ އެމެރިކާގެ މިފަހަރުގެ އިންތިހާބުގައި ގިނަ ބަޔަކު ޕޯސްޓު މެދުވެރިކޮށް ވޯޓުލާފައިވީނަމަވެސް، އިންތިހާބު އޮޅުވާލާފައިވާކަމުގެ އެއްވެސް ހަރުދަނާ ހެއްކެއް ފެންނާން ނެތް ކަމަށެވެ.

އެމެރިކާގެ ސައިބަ ސެކިއުރިޓީ އެޖެންސީ ވެސް ހިމެނޭ ގޮތުން، ފެޑެރަލް އަދި ސްޓޭޓް އިލެކްޝަން އޮތޯރިޓީގެ ބައެއް އިސްވެރިން ވެސް ވަނީ ޓްރަމްޕްގެ ތުހުމަތުތައް ފާޅުގައި ދޮގުކުރައްވާފައެވެ. އަދި މިފަހަރުގެ އިލެކްޝަނުގައި އެމެރިކާގެ ވެސް އެންމެ ގިނަ މީހުން ވޯޓުލާފައިވުމަކީ ގައުމުގެ އިލެކްޝަނުގެ ނިޒާމަށް ރައްޔިތުންގެ ޔަގީންކަން އޮތްކަން ސާބިތުކޮށްދިނުމުގެ އިތުރުން، އެމެރިކާގެ ޑިމޮކްރަސީއަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިހާތަނަށް ސާފުވި ނަތީޖާއިން ދައްކާ ގޮތުގައި ބައިޑަން ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވާފައެވެ. މިއީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ އަސާސީ މިންގަނޑުކަމުގައިވާ 270 އިލެކްޓޯރަލް ވޯޓަށްވުރެ، 36 އިލެކްޓޯރަލް ވޯޓުގެ އިތުރުވުމެކެވެ. ޓްރަމްޕަށް އަދި ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. މިއީ 74 ވޯޓުގެ ބޮޑު ފަރަގެކެވެ.

މި ނަތީޖާއާއެކު ޓްރަމްޕުގެ ސީނިއަ އެޑްވައިޒަރުން ވަނީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާ އަވަހަށް ފެއްޓެވުމަށާއި އެމެރިކާ އިތުރަށް ބަދުނާމުވާފަދަ ވާހަކަފުޅުތައް ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އެއް ބޭފުޅަކު ވިދާޅުވިއެވެ؛ "އިލެކްޝަންގައި އޮޅުވާލުންތަކެއް އުޅޭނަމަ ވަގުތު އެކަންކަން ބުނެދޭނެ. އެމެރިކާގެ ޑިމޮކްރަސީއާއި އިލެކްޓޯރަލް ނިޒާމު ބަދުނާމުވެ، މުޅި ގައުމަށް މަލާމާތް ލިބޭ ގޮތަށް ވާހަކަ ދައްކަވައި، އެގޮތަށް ޢަމަލުކުރެއްވުމަކީ މިވަގުތު ބުއްދިވެރި ކަމެއް ނޫން."

ޓްރަމްޕުގެ ހަމަހިމޭންކަމުގެ ތެރެއިން ކުރައްވާ ޓްވީޓުތަކުގައި މުޅިންހެންވެސް ހުންނަނީ އިލެކްޝަންގެ ނަތީޖާ ޤަބޫލު ނުކުރައްވާކަން ހާމަކުރައްވާފައެވެ.

އެޑްވައިޒަރުންގެ ނަސޭހަތް ޤަބޫލުފުޅު ކުރައްވަންވެސް ޓްރްޕް ދެކޮޅެވެ. ވިދާޅުވަނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހައްޤު ހޯއްދަވަން ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *