Ad
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

މިއަދު ނެގި 1075 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 41 މީހުން!

ރާއްޖެއިން މިއަދު ނެގި 1،075 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 41 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ގްރޭޓަރ މާލެ ސަރަހައްދުން 35 މީހުން ޕޮޒިޓިވްވިއިރު، ރަށްރަށުން 6 މީހުން ޕޮޒިޓިވްވި ކަމަށެވެ.

އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި، 11 ބިދޭސީން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 12،355 އަށް އަރާފައެވެ.

މިމީހުންގެ ތެރެއިން 11،388 މީހުން ބަލިން ރަގަޅުވިއިރު، މިހާރު ބައްޔަށް ފަރުވާކުރަނީ 915 މީހުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރާ މީހުންގެ އަދަދުވަނީ 63 އަށް އިތުރުވެފައެވެ.

ބަލި ޖެހުނު މީހުންނާއި ބައްދަލުވި މީހުންގެ ތެރެއިން މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ، 317 މީހުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިބަލީގައި މަރުވި މީހުންގެ އަދަދުވަނީ 45 އަށް އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *