Advertisement
BML Home 2nd Ad

ފިޠުރަތުގެ ސުންނަތްތައް 1

ފަސްވަނައީ ފިޠުރަތުގެ ސުންނަތްތައް
ފިޠުރަތުގެ ސުންނަތްތަކަށް ޚިޞާލުލް ފިޠުރަތި އޭވެސް ކިޔެއެވެ. އެއީ އެކަން ކުރާ މީހާ އެ ޞިފަ ލިބިގަންނަނީ ﷲ ތަޢާލާ އިންސާނުން ޚަލްޤުކުރެއްވި ފިޠުރަތުގައި ހިމެނޭ ކަންކަން ކޮށްގެންނެވެ. އަދި އެކަންތައްތައް އެއީ އިންސާނުން ލޯބިކުރާ ކަންކަންކަމުގައި އެއިލާހު ލެއްވެވިއެވެ. އެއީ އިންސާނުން އެންމެ ފުރިހަމަ އަދި ރިވެތި ސޫރައިގައި ތިބުމަށްޓަކައެވެ.

Advertisement
Etukuri Inside ad 300x300 Desktop

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللِه صَلَّى اللهُ عَلَيْهِ وَسَلَّمَ: ((خَمْسٌ مِنَ الْفِطْرَةِ: الاِسْتِحْدَادُ، وَالْخِتَانُ، وَقَصُّ الشَّارِبِ، وَنَطْفُ الإِبْطِ، وَتَقْلِيْمُ الأَظَافِرِ )) [متّفق عليه: رواه البخاري برقم (5889)، ومسلم برقم (257).]
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއްވެއެވެ. އެއީ ލަދުވެތި ގުނަވަނުގެ ވަށައިގެންހުންނަ އިސްތަށިތައްބޭލުމާއި، ޚިތާނުކުރުމާއި، މަތިމަސް ކުރުކޮށް ކޮށުމާއި، ކިހިލިފަތް ދަށުގައިހުންނަ އިސްތަށިތައް އުފުރުމާއި، ނިޔަފަތިތައް ކެނޑުމެވެ.”

1- الاِسْتِحْدَادُ އަކީ ލަދުވެތި ގުނަވަނުގެ ވަށައިގެން ހުންނަ އިސްތަށިތައް ބޭލުމެވެ. الاِسْتِحْدَادُ އޭ ކިޔުނީ އެ ބޭލުމުގައި الحَدِيْدُ (ދަގަނޑު)ން ހަދާފައި ހުންނަ ތަކެތި ބޭނުންކުރެވޭ ކަމަށްޓަކައެވެ. އެއީ ކުރަފަތެވެ. ނުވަތަ ތިލައެވެ. އެ އިސްތަށިތައް ބޭލުމަކީ އޭގައި ސާފުޠާޙިރުކަމާއި ރީތިކަން ހިމެނޭ ކަމެކެވެ. ބޭލުން ނޫން ގޮތަކަށްވިޔަސް މިސާލަކަށް މަޞްނޫޢީ ކްރީމްތައް ފަދަ އެއްޗެއް ބޭނުންކޮށްގެންވެސް އެ އިސްތަށިތައް ދުއްވާލެވިދާނެއެވެ.

2- الْخِتَانُ ޚިތާނުކުރުން: އެއީ ފިރިހެނާގެ ޖިންސީގުނަވަނުގެ އޮމާމަހުގެމަތިން ލެވިފައިވާ ހަންކޮޅު ކަނޑައިލުމެވެ. އޮމާމަސް ފާޅުވަންދެނެވެ. މިއީ ފިރިހެނުން ޚިތާނުކުރާގޮތެވެ. އަންހެންކުއްޖާ ޚިތާނުކުރާގޮތަކީ އެކުއްޖާގެ ފަރުޖުގެ މަތީގައިވާ މަސްކޮޅުގެ [ހަމުން] ކުޑަމިންވަރެއް ކަނޑައިލުމެވެ.

އެކަމުގެ ޙުކުމް ދަންނައެވެ. އެއީ ފިރިހެނުންގެ ޙައްޤުގައި ވާޖިބެކެވެ. އަދި އަންހެނުންގެ ޙައްޤުގައި ސުންނަތްކަމެކެވެ.
ފިރިހެނުން ޚިތާނުކުރުމުގެ ޙިކުމަތަކީ ހަޑިމިލަ ޛަކަރުގައި ޖަމާވިޔަނުދިނުމެވެ. އަދިވެސް ގިނަގުނަ ފައިދާތައް މިކަމުގައިވެއެވެ.

އަންހެނުން ޚިތާނުކުރުމުގެ ޙިކުމަތަކީ ޝަހުވަތްތެރިކަން ދަށްކުރުމެވެ.

މުސްތަޙައްބު ވެގެންވާ ގޮތަކީ އުފަންވާކުއްޖާގެ ޢުމުރުން ހަތްވަނަދުވަހުގައި މިކަންކުރުމެވެ. އެއީ ފަސޭހަވާލެއް އަވަސްވެފައި އަދި ރަނގަޅު ޙާލަތުގައި ކުއްޖާ ހެދިބޮޑުވުމަށް ފުރުޞަތު ދިނުމަށްޓަކައެވެ.

*********************
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add