Ad
ބޮޑުކަންނެލި ދޯނިފަހަރުން ކަންނެލި ކިރަން ކިޔުހަދާލާފަ/ ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން
ބޮޑުކަންނެލި ދޯނިފަހަރުން ކަންނެލި ކިރަން ކިޔުހަދާލާފަ/ ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ބޮޑުކަންނެލީގެ މަސްވެރިން ކަންނެލި ކިރަން ބޮޑު ކިޔުއެއް ހަދާލައިފި!

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރަށް ކަންނެލި ކިރުމުގައި ދަތިތަކެއް ކުރިމަތިވެ ކަންނެލި ކިރުމަށް ހުޅުމާލޭ ފަޅުގައި ބޮޑުަ ކިއުއެއް ހަދާލައިފިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޚަބަރާ މައުލޫމާތު ގެނެސްދޭ ނޫހެއްކަމަށްވާ މަސްވެރިން އެމްވީން ރިޕޯޓްކޮށްފައިވާ ގޮތުން ހުޅުމާލޭ ކަންނެލި ޖެޓީގައި ކަންނެލި ކިރަން ދޯނިފަހަރުން ކިޔުގަ ތިބޭތާ މިއަދަށް 4 ދުވަސް ވެއްޖެކަމަށެވެ.

"އަޅުގަނޑުމެން ކިޔުގަ ޖައްސައިފިން ހަތަރު ދުވަސްކުރިން. އަދި ދެ ދުވަސް ފަހުން ކިރޭނެކަމަށް ވަނީ. އައިސް އަޅައަޅާ ތިބެން މި ޖެހެނީ. ދެން ކޮން ކޮލިޓީއެއްތޯ ހުންނާނީ. ހަމައަގު ނުލިބޭ ތަނުގައި ކަންނެލި ކިރަންވެސް އެހާ އުނދަގޫ. މިއީތޯ މަސްވެރިންނަށް ހައްޤު މިންވަރަކީ." މަސްވެރިން އެމްވީއަށް މައުލޫމާތުދިން ކަންނެލި ދޯންޏެއްގެ ކެޔޮޅު ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ކަންނެލި ނުކިރިގެން ހަމައެކަނި އެންސިސް ޖެޓީގައިވެސް 40 ދޯނި މިހާރުވެސް ކިޔުގައި އެބައޮތްކަމަށެވެ.

"ބުރަ މަސައްކަތުން ބާނާ ކަންނެލިކޮޅު ކިރުމަށް ކިއުގައި އެތައް ދުވަހެއް! ހަމަ އަގު ނުލިބޭތާ ކިރޭނެ ގޮތެއް ވެސް ނެތް! މަސްވެރިން ނަށް ހައްޤުވާ މިންވަރަކީ މީތޯ! މަސްވެރިން ފެންނަނީ ހަމައެކަނި ވޯޓު ލާންވީމަތޯ". ކަންނެލި ކިރަން ކިޔުގައި ހުރި ދޯނިފަހަރުގެ ވީޑިއޯއެއް ހިއްސާކުރަމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ބުނީ މިދުވަސްވަރު ޔޫރަޕަށް ކަންނެލި ބޭރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި، އެކަމުގެ ސަބަބުން ކުންފުނިތަކަށް ގަންނަ ކަންނެލި ފްރީޒް ކުރަން ޖެހިފައިވާކަމަށެވެ. ކޮވިޑްގެ ދެވަނަ ރާޅާއެކު ރާއްޖެއިން އެންމެ ގިނައިން ކަންނެލި ބޭރުކުރާ ފްރާންސްއާއި، އިޓަލީ ފަދަ ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ހުރިހާ އޯޑަރެއް ކެންސަލް ވެފައިވާކަމަށް ކަންނެލި ގަންނަ ކުންފުނިތަކުން ބުނެއެވެ. ނަމަވެސް ޖާގައޮތް މިންވަރަކުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާކަމަށް އެކުންފުނިތަކުން ބުނެއެވެ.

ބޮޑުންނެލީގެ މަސްވެރިން ކަންނެލި ނުކިރިގެން ކިޔުގައި ތިބިއިރު އުތުރުގެ މަސްވެރިންނަށްވެސް ވަނީ މަސްކިރުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ. ފެލިވަރުން ނަމްބަރު ނަގައިގެން މަސްދޯނި ފަހަރުން ވެސް ތިބީ ކިޔުގައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން މިދިޔަ މަހު ބޭރުކުރި މަހަށް 230 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ. އެހެންކަމުން ޤައުމުގެ އިޤްތިސާދުގައި މިވަގުތު އެންމެ މުހިންމު ދައުރެއް އަދާކުރަމުންދަނީ މަސްވެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *