Ad

މިރޭ ދަންވަރާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން މެދުކަނޑައި ނުލައި، މިރޭ މެންދަމާ ހަމައަށް ބަހުސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ބަހުސްއަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މިއަދު ފުރުޞަތުދީ ނިންމާލުމާއި ހަމައަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 30 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް އަންނަނީ ބަޖެޓް އޮތްގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ބަޖެޓަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ފުރުޞަތު ލިބިވަޑައިގެންފިނަމަ ބަޖެޓަށް ވޯޓް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *