Ad
މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރި ޝަހީބު އިބާރާހިމް
މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރި ޝަހީބު އިބާރާހިމް

130 ކިލޯގެ ޑްރަގް މައްސަލާގައި އިސްކޮށް ހުރި ޝަހީބު ޝަރީއަތް ނިމެންދެން ބަންދަށް!

ބޭރު ބަޔަކާއި ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖެއަށް އެތެރެކުރަން އުޅުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ޝަހީބު އިބްރާހީމް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިމައްސަލާގައި ގއ.ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 28ވަނަ ދުވަހު ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން އެކޯޓުންވަނީ އޭނާ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، ކްރިމިނަލް ކޯޓުން ކުރި ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުސޫލްތަކާއި އެއްގޮތް ނޫންކަމަށް ބުނެ، އެއަމުރު ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެއަމުރު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ޝަހީބުގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.

މީގެކުރިން ފުލުހުން ބުނެފައިވަނީ،  ޝަހީބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޝަހީބު ޖާމިނު ވެފައިވާ  ކަމަށާއި، އެމައްސަލާގައި ޝަހީބާއި ޖާމިނުކޮށް، އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކަނޑުމަގުން ރާއްޖެއަށް  އެތެރެކުރި  130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަންގައި މަސްތުވާތަކެއްޗާއިއެކު 7 މީހުން ހައްޔަރުކުރިއެވެ.

އެ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ، 25 އަހަރާއި، 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ، 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *