Advertisement
BML Home 2nd Ad

އުޟްޙިޔާގެ މަސް ޣައިރުމުސްލިމުންނަށް ދިނުން

ސުވާލު: އުޟްޙީޔާގެ މަސް ޢައިރުމުސްލިމުންގެ ތެރެއިން އަވަށްޓެރިންނަށް ދެވިދާނެ ހެއްޔެވެ؟ އަހަރެންގެ ސުވާލަށް ޤުރުއާނާއި ސުންނަތުން ދަލީލު ދައްކައިގެން ޖަވާބުދެއްވުން އެދެމެވެ. އަހަރެންގެ ނަޞްރާނީ ރަޙްމަތްތެރިއަކު އަހަރެންގެ އަތުން އުޟްޙިޔާގެ މަސް ހިފުމަށް ދެކޮޅު ހަދައެވެ. އޭނާގެ ޙުއްޖަތަކީ އެމީހުންގެ އިންޖީލުގައި އެކަން މަނާވެފައި އޮންނަ ކަމަށް ބުނާ ބުނުމެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު:
الحمد لله
ޣައިރު މުސްލިމަކަށް އުޟްޙިޔާގެ މަސް ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޚާއްޞަކޮށް އެމީހާއަކީ ގާތްތިމާގެ މީހުންގެ ތެރެއިން ހިމެނޭ މީހެއްނަމަ ނުވަތަ އަވަށްޓެރިއެއްނަމަ ނުވަތަ ފަޤީރެއްނަމައެވެ.

ﷲ ގެ މި ވަޙީ ބަސްފުޅު މިކަމަށް ދަލާލަތު ކުރެއެވެ. ( لَا يَنْهَاكُمُ اللهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ) الممتحنة / 8. މާނައީ: “ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް ޢަދުލު ވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.”

އުޟްޙިޔާގެ މަސް ދިނުމަކީ މި އާޔަތުގައި ﷲ ތަޢާލާ ހުއްދަދެއްވާފައިވާ ހެޔޮކޮށްހިތުމުގެ ތެރެއިން ވާ ކަމެކެވެ.
މުޖާހިދު ރަޙިމަހުﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ” أَنَّ عَبْدَ اللَّهِ بْنَ عَمْرٍو ذُبِحَتْ لَهُ شَاةٌ فِي أَهْلِهِ ، فَلَمَّا جَاءَ قَالَ: أَهْدَيْتُمْ لِجَارِنَا الْيَهُودِيِّ ؟ ، أَهْدَيْتُمْ لِجَارِنَا الْيَهُودِيِّ ، سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ ) رواه الترمذي (1943) وصححه الألباني.

ޢަބްދުﷲ ބިން ޢަމްރުއަށްޓަކައި އޭނާގެ ޢާއިލާގެ މެމްބަރަކު ބަކަރިއެއް ކަތިލިއެވެ. ޢަބްދުﷲ ގެއަށް އައިހިނދު އެމީހުންނަށް ބުންޏެވެ. “އަހަރެމެންގެ އަވަށްޓެރި ޔަހޫދީއަށް ކަލޭމެން މީގެން މަސްކޮޅެއް ހަދިޔާކޮށްފިން ހެއްޔެވެ؟، އަހަރެމެންގެ އަވަށްޓެރި ޔަހޫދީއަށް ކަލޭމެން މީގެން މަސްކޮޅެއް ހަދިޔާކޮށްފިން ހެއްޔެވެ؟ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. “އަވަށްޓެރިޔާއަށް ވާރުތަމުދަލުން ބައެއް ލިބޭނޭކަމަށް އަހަރެން ހީކޮށްފުމަށްދަންދެން، ޖިބްރީލް ޢަލައިހިއްސަލާމް، އަވަށްޓެރިންނަށް ހެޔޮކޮށްހިތުމަށް، އަހަރެންނަށް ވަޞިއްޔަތްކުރެއްވިއެވެ.”

އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އުޟްޙިޔާއިން ކާފިރަކަށް ދިނުން ހުއްދައެވެ. އެހެނީ އެއީ ފަރުޟު ޞަދަޤާތެއް (ޒަކާތެއް) ނޫނެވެ. އެއީ ސުންނަތް ޞަދަޤާތެކެވެ. އަދި އޭގެން ޛިންމީންނަށާއި އަސީރުންނަށް ކާންދިނުންވެސް ހުއްދައެވެ. އެހެނިހެން ޞަދަޤާތްތައް ފަދައިންނެވެ.” “المغني” (9/450)

ސަޢުދީ ފަތުވާ ކޮމެޓީގެ ފަތުވާގައި ވެއެވެ. “އެބަޔަކާ ޢަހުދު ކުރެވިފައިވާ ކާފިރުންނަށް، އަސީރުންނަށް އުޟްޙިޔާގެ މަސްދިނުން ހުއްދައެވެ. އަދި ކާފިރުންގެ ތެރެއިން ފަޤީރުންނާއި، ގާތްތިމާގެ މީހުންނާއި، އެބައެއްގެ ހިތްތައް އިސްލާމްދީނަށް ލޯބިޖެއްސުމަށްޓަކައި ދޭމީހުންނަށް، އޭގެން ދިނުންވެސް ހުއްދައެވެ.

( لَا يَنْهَاكُمُ اللهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ) الممتحنة / 8. މާނައީ: “ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް ޢަދުލު ވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަސްމާ ބިންތި އަބީބަކްރު رضي الله عنها އަށް އެކަމަނާގެ މަންމައަށް ފައިސާ ދިނުމުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް އަމުރުކުރެއްވިއެވެ. އެއީ ޞުލްޙަނާމާ ޤާއިމުކުރުމުގެ ކުރިން އަސްމާގެ މަންމަ މުޝްރިކެއްކަމުގައި ވީ އިރުގައެވެ.” فتاوى اللجنة الدائمة (11/424)

އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “އަހަރެމެންނާ އެބަޔަކާ ދެމެދުގައި ހަނގުރާމަ ނުވާ ކާފިރުން، މިސާލަކަށް މުސްތައުމަނުން، ނުވަތަ މުޢާހިދުން (އެބަޔަކާ ހަނގުރާމަ ނުކުރުމަށް ޢަހުދުކޮށްފައިވާ މީހުން) ނަށް އުޟްޙިޔާއިންނާއި އެހެނިހެން ޞަދަޤާތުންވެސް ދެވިދާނެއެވެ.” “مجموع فتاوى ابن باز” (18/ 48) .
والله أعلم

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add