Ad
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މަޝްވަރާކުރައްވައިފި

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަރ ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިޤް އަޙްމަދު އޮފް ވިމްބެލްޑަންއާއެކު މިއަދު ވަރޗުއަލްކޮށް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

. ލޯޑް ތާރިޤް އަޙްމަދު

ފޮރިން މިނިސްޓްރީން ބުނީ، މިބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމުގެ އިތުރުން 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންނާއި، ދެޤައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށެވެ. މީގެއިތުރުން ދެޤައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ލޯޑް އަޙްމަދުވަނީ، ދިވެހިރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *