Ad
ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ތިނަދޫ ކައުންސިލް
ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ތިނަދޫ ކައުންސިލް

ތިނަދޫގައި ރަހީންކޮށްފައި ހުރި މީހަކު ސަލާމަތްކޮށް 4 މީހުން ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ރަހީންކޮށްފައި ހުރި މީހަކު ސަލާމަތްކޮށް 4 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ތިނަދޫގައި މީހަކު ރަހީނުކުރި މައްސަލައެއް މިއަދު ހަވީރު 17:00 އެހާކަށްހާއިރު ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕރޭޝަނެއްގައި ރަހީނުކުރި މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުންވަނީ، މިމައްސަލާގެ ތުހުމަތުގައި 4 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 38 އަހަރުގެ މީހަކާއި، 27 އަހަރާއި، 45 އަހަރުގެ މީހެއްގެ އިތުރުން 52 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *