Ad
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑް 19: މިއަދު 29 މީހުން ޕޮޒިޓިވްވެ، 18 މީހުން ބަލިން ރަގަޅުވި!

މިއަދު ރާއްޖެއިން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 29 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ގްރޭޓަރ މާލެ ސަރަހައްދުން 24 ކޭސް ފެނުނުއިރު، ރަށްރަށުން 5 ކޭސް ފެނުނު ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 19 ދިވެހިންނާއި، 10 ބިދޭސީން ކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

މިއާއިއެކު ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ، 12،384 އަށް އަރާފައެވެ.

ބައްޔަށް ފަރުވާކުރާ މީހުންގެ ތެރެއިން މިއަދު އިތުރު 18 މީހުން ބަލިން ރަގަޅުވެފައިވާއިރު، ބަލިން ރަގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 11،406 އަށް އިތުރުވެފައެވެ.

ރާއްޖެއިން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާތީ، އަނެއްކާވެސްވަނީ ބައްޔަށް ފަރުވާކުރާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރާ 72 މީހުންނާއިއެކު ޖުމްލަ 926 މީހުންނަށް ފަރުވާކުރަމުންދާ ކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެެއެވެ.

ބަލި ޖެހުނު މީހުންނާއި ބައްދަލުވެގެން 351 މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކޮށްފައިވާއިރު، މިބަލީގައި މަރުވި މީހުންގެ އަދަދުވަނީ 45 އަށް އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *