Advertisement
BML Home 2nd Ad

ޖުނުބުވެރިޙާލުގައި ހުރެ ޛިކްރުކުރުމާއި ދުޢާކުރުން

މީހަކު ޖުނުބުވެރިވެފައިވީކަމުގައި ވިޔަސް ދުޢާކުރުމާއި، ޛިކްރުކުރުން ހުއްދަވެގެންވެއެވެ. އެއީ ނިދުމުގެ ކުރީން ކިޔާ ޛިކްރުތަކާއި ދުޢާތައް ކަމުގައިވިޔަސް މެއެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ. ( كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ الله َعَلَى كُلِّ أَحْيَانِهِ ) رواه مسلم /الحيض 558 މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުރިހާ ވަގުތެއްގައިވެސް ﷲ އަށް ޛިކްރުކުރައްވާ ކަމުގައި ވިއެވެ.”

Advertisement
Etukuri Inside ad 300x300 Desktop

މި ޙަދީޘް ޝަރަޙަކުރެއްވި ބައެއް ބޭކަލުން ވިދާޅުވިއެވެ. މި ޙަދީޘްގައި މިވަނީ އަޞްލުގައި މިކަން އޮންނަގޮތް ކަމުގައިވާ، ކޮންމެ ވަގުތެއްގައިވެސް ﷲ އަށް ޛިކްރުކުރުން ހުއްދަވުމުގެ މައްޗަށް އިޤްރާރުވެފައެވެ. ޙަދަޘްވެރިވެފައިވީނަމަވެސް ޖުނުބުވެރިވެފައިވީނަމަވެސް ތަސްބީޙަ، ތަހުލީލު، ތަކްބީރު، ތަޙްމީދު ފަދަ ޛިކްރުތައް ކޮންމެ ޙާލަތެއްގައިވެސް ކިޔުމަކީ މުސްލިމުންގެ އިޖްމާޢުން ހުއްދަކަމެކެވެ. ޖުނުބުވެރިޔާގެ މައްޗަށް ޙަރާމްވެގެންވަނީ ކީރިތި ޤުރްއާން ކިޔެވުމެވެ. އެއީ އާޔަތެއްގެ މިންވަރު ނުވަތަ އެއަށްވުރެ އިތުރަށް ކިޔެވުމެވެ. އެއީ މުޞްޙަފުން ކިޔެވިކަމުގައިވިޔަސް ހިތުން ކިޔެވިކަމުގައިވިޔަސް މެއެވެ. އެހެނީ އެހީ ނަހީވެގެންވާ ކަމެކެވެ.

 

ޖުނުބުވެރިޔާ ނިދަން ބޭނުންވެއްޖެނަމަ އޭނާގެ ލަދުވެތިގުނަވަން ދޮވެ، ވުޟޫކުރުން މުސްތަޙައްބުވެގެންވެއެވެ. އަންނަނިވި ދަލީލުން އެކަން އެނގެއެވެ.

سَأَلَ عُمَرُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَيَنَامُ أَحَدُنَا وَهُوَ جُنُبٌ ؟ قَالَ : نَعَمْ ، إِذَا تَوَضَّأَ .{ رواه البخاري (280) ومسلم (462).} ޢުމަރު ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެއްވިއެވެ. “އަހަރެމެންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދުން ރަނގަޅުވާނެތޯއެވެ؟ ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. އޭނާ ބޭނުންނަމަ ވުޟޫކޮށްލައިގެންނެވެ.”

 

ބައްލަވާ: الشرح الممتع لابن عثيمين 1/288 , توضيح الأحكام للبسام 1/250 , فتاوى إسلامية 1/232.

 

މަރްޖިޢު

https://islamqa.info/ar/answers/8828

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add