Ad
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެޗް.ޑީ،ސީ
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެޗް.ޑީ،ސީ

އެޗް.ޑީ.ސީއަށް ކުލި ދައްކަންޖެހޭ ފަރާތްތަކަށް ޑިސެމްބަރުގެ ނިޔަލަށް ލުއިދެނީ!

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން، ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ކުލި ދައްކަންޖެހޭ ފަރާތްތަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް ލުއި ދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓު، ގޯތި، ރޯހައުސް އަދި ތިލަފުށިންނާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޯމާޝަލް ޔުނިޓް ތަކާއި ސިނާއީ ބިންތަކަށް މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިންސްޓޯލްމެންޓް އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ 30 އިންސައްތަ އަށްވާ ފައިސާ ދެއްކުން ފަސްކުރާ ގޮތަށް ނިންމާފައިވާ ނިންމުން ޑިސެންބަރުމަހުގެ ނިޔަލަށް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ އޭޕްރީލުން ފެށިގެން އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ޑިސެންބަރު 31 ގެ ނިޔަލަށް، އެޗްޑީސީގެ ވެބްސައިޓްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ ކަމަށެވެ. އެއާއެކު، ކޮންމެ މަހަކު ދައްކަންޖެހޭ ކުއްޔަށްވާ ފައިސާގެ 70 އިންސައްތަ ދައްކާ ހަލާސްކުރުމުގެ ފުރުސަތު، 15 ޖެނުއަރީ 2021 އާ ހަމަޔަށް ދެވޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ، ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފްލެޓް، ގޯތި، ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާތަނަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ކުރިއަށް އޮތް މަސްތަކުގައިވެސް އިންސްޓޯލްމަންޓްގެ 30 އިންސައްތަ ރީފަންޑް ކުރަން ބޭނުންވާނަމަ އެކަން އެ ކޯޕަރޭޝަނަށް އެންގުމުން ރީފަންޑް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

މީގެ އިތުރުން ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ މަސްތަކުގެ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އެ ކޯޕަރޭޝަނަށް އަނބުރާ ދައްކަން 12 (ބާރަ) މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ކަސްޓަމަރު އެދިލައްވާ ގޮތެއްގެ މަތިން ދިނުމަށް ހަމަޖެހިވާ ކަމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެޗްޑީސީން ބުނީ، އެކިއެކި ސަބަބުތަކާއި ހުރެ ޤަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަށްވެސް އެކަމަށް އެދި ހުށަހެޅުން، އެ ކޯޕަރޭޝަނުން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމުގައި ލުއިތަކެއް ދެވޭނެ ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައިވެސް ކޮވިޑުގެ ހާލަތަށް ރިޢާޔަތްކޮށް އިތުރު ލުއިތަކެއް ދިނުުމުގެ އިންތިޒާމްތައް ހަމަޖއްސައިދޭނެ ކަަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *