Advertisement
BML Home 2nd Ad

ޠަވާފުގެ ފަހުގައި ކުރާ ސުންނަތް ދެ ރަކްޢަތް ކުރުމުގައި ހެދޭ ގޯސްތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުން އަވަދިވެވަޑައިގެން، މަޤާމު އިބުރާހީމުގެ ކައިރިއަށް ވަޑައިގެން {وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى} [البقرة:125] މާނައީ: “އަދި އިބުރާހީމު ޢަލައިހިއްސަލާމު ހުންނެވިތަން އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ހަދާށެވެ.”މިފަދައިން ވިދާޅުވިކަމުގައި ޘާބިތުވެފައިވެއެވެ. އަދި މަޤާމު އިބުރާހީމުގެ ފަހަތުގައި ހުއްޓިވަޑައިގެން ދެ ރަކްޢަތް ކުރެއްވިއެވެ. ފުރަތަމަ ރަކްޢަތުގައި ފާތިޙާ ސޫރަތަށްފަހު ކާފިރޫން ސޫރަތް އަދި ދެވަނަ ރަކްޢަތުގައި ފާތިޙާ ސޫރަތަށް ފަހު އިޚްލާޞް ސޫރަތް ކިޔަވާވިދާޅުވިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ބައެއް މީހުން ހަދާ ގޯސްތަކުގެ ތެރޭގައި، ޠަވާފުގެ މި ދެ ރަކްޢަތް ކުރަންޖެހޭނީ މަޤާމު އިބުރާހީމުގެ ކައިރީގައި ކަމުގައި ހީކުރުން ހިމެނެއެވެ. އެހެންކަމުގެ މަޤާމު އިބުރާހީމުގެ ކައިރިއަށް ބޮނޑިވެ ތޮއްޖެހި، ޠަވާފުކުރާ މީހުންނަށް އުނދަގޫވާގޮތް ދިމާވެއެވެ. މިކަމުގެ ސަބަބުން ޠަވާފުކުރާ މީހުންގެ ޠަވާފަށް ހުރަސްއެޅެއެވެ. މިއީ ރަނގަޅު ހީއެއް ނޫނެވެ. ސަބަބަކީ ޠަވާފުގެ ދެ ރަކްޢަތަކީ މަސްޖިދުލް ޙަރާމުގެ ކޮންމެ ތަނެއްގައި ކުރި ކަމުގައިވިޔަސް ފުދިގެންވާ ކަމެކެވެ. ޠަވާފުގެ ދެ ރަކްޢަތް ކުރާ މީހާ، މަޤާމު އިބުރާހީމުގެ ފަހަތުގައި، ކިތަންމެ ދުރުގައިވެސް އެ ދެ ރަކްޢަތް ކުރެވިދާނެއެވެ.

މިސްކިތުގެ ހަރިންމަތެރޭގައި ނުވަތަ މިސްކިތުގެ މަތީބައިގައިވެސް އެދެރަކުޢަތް ކުރެވިދާނެއެވެ. އޭރުން، ބޮނޑިވެ ތޮއްޖެހުމުގެ ސަބަބުން މީސްތަކުންނަށް ލިބޭ އުނދަގޫތަކުން މީސްތަކުން ސަލާމަތްވީއެވެ. އޭގެ ސަބަބުން މިހާރު ނުކުންނަމުން އެދާ ގޯސް ނަތީޖާތައް ނުނުކުންނާނެއެވެ. އަދި ނަމާދުކުރާ މީހާއަށް، މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއެކު، ހަމަޖެހިގެން ނަމާދުކޮށްލެވޭނެއެވެ.

މަސްޖިދުލް ޙަރާމުގެ ކަންކަން ބެލެހެއްޓުމުގައި ޤާއިމުވެތިބޭ މީހުން، މަޤާމު އިބުރާހީމުގެ ކައިރީގައި މީސްތަކުން ނަމާދުކުރުން މަނާކުރާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ. އެއީ އެކަމުގެ ސަބަބުން ޠަވާފުކުރާ މީހުންނަށް ވާ ދަތިތަކާއި އުނދަގޫތަކުން ސަލާމަތްވެވޭނެއެވެ. މަޤާމުގެ އިބުރާހީމުގެ ކައިރީގައި ނަމާދުކުރުމަކީ ޠަވާފުގެ ދެ ރަކްޢަތުގެ ޝަރުޠެއް ނޫންކަން އެބައިމީހުން އޮޅުން ފިލުވައި ސާފުކޮށްދިނުމަކީ މުހިއްމުކަމެކެވެ.

އަދި ބައެއް މީހުން ހަދާ ގޯސްތަކުގެ ތެރޭގައި، މަޤާމު އިބުރާހީމުގެ ފަހަތުގައި އެތައް ރަކްޢަތެއް އެއްވެސް ސަބަބެއް ނެތި ކުރަމުން ގެންދިޔުން ހިމެނެއެވެ. ޠަވާފުކޮށް ނިމޭ މީހުން، ނަމާދުކުރާނޭ ތަންކޮޅެއް ނުލިބިފައި ތިބެންޖެހިފައިވިޔަސް މެއެވެ.

އަދި ޠަވާފުކުރާ ބައެއް މީހުން، ޠަވާފުގެ ދެ ރަކްޢަތްކޮށް ނިމިގެން، މަޤާމު އިބުރާހީމުގެ ކައިރީގައި މަޑުކޮށް، ބާރު އަޑުން، ޖަމާޢީކޮށް، ދުޢާކޮށް، ނޫނީ ކޮންމެވެސް އެއްޗިހިތަކެއް ކިޔާ ހަދައެވެ. މިހެންވުމުގެ ސަބަބުން މަޤާމު އިބުރާހީމުގެ ފަހަތުގައި ނަމާދުކުރާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. {ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ} [الأعراف:55].މާނައީ: “މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ދުޢާކުރާށެވެ. ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިނުގަންނަވައެވެ.”

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ: محمد شافع بن عبد الغفور

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add