މިއަހަރުގެ އަޟްޙާ އީދު އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ އެއް ރަށަކީ ނ. ކެންދިކުޅުދޫއެވެ.
"ޢީދު ރޯޅީ"ގެ ނަމުގައި ކުރިއަށްގެންދާ މި ހަކަތާތްތަކަކީ މިފަހަރުގެ ޢީދުގައި އެރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ މިހާތަނަށް އެ ރަށުގައި ބާއްވާ އެންމެ ފޯރިގަދަ އަދި ކުލަގަދަ ހަރަކާތްތަކަށް ވެގެންދާނެ ކަމަށް އެރަށު މީހުން ބުނެއެވެ. ޢީދު ކުޅިވަރުތައް ރާވާފައިވަނީ ހުރިހާ އުމުރު ފުރައަކާވެސް ގުޅޭގޮތަށް އެންމެންނަށްވެސް ބައިވެރި ވެވޭ ގޮތަށެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ އީދު ރޯޅީގެ ހުރިހާ ހަރަކާތެއް ދިވެހިންގެ އާދަކާދައާއި ސަޤާފަތާ ގުޅިފައިވުމެވެ. އެންމެ އިހުގައި ކުޅެމުން އައި ކުޅިވަރުތަކުން ފެށިގެން ޒަމާނީ ކުޅިވަރުތަކާ ހަމައަށް އީދުގެ ފޯރިވަނީ ގަދަވެފައެެވެ.
އީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ ޢީދު ވިލޭރޭ އޮތް އީދު ވެދުމާ ދިއުމާ ހަމައިންނެވެ. މިފަހަރުގެ އީދުގައި ސަޤާފީ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. މީގެއިތުރުން އީދު ހުޅު ރޯކުރުމާއި ޒުވާނުންގެ މެދުގައި މަގުބޫލު ކުލަ ކުޅުމާއި، ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އައިސްކްރީމް ޕިކަޕް ހަރަކާތަކީވެސް ވަރަށް ބޮޑު ތަރުބެއް ލިބުނު ހަރަކާތްތަކެކެވެ.
ސަގާފީ ކުޅިވަރުތަކަށް ބަލާއިރު، ފިރިހެނުންގެ ކޯޑި ކެނޑުމާއި، އަންހެނުންގެ ކޯޑި ކެނޑުމާއި ދެލި މާލި ކުޅުމުގެ އިތުރުން ކުރުފަލި ޖެހުން ހިމެނެއެވެ. އަދި ރަށުގެ މަގުތަކުގައި ބާއްވާ ޕެރޭޑާއި، ބިރުވެރި އަދި މަޖާ ހަރަކާތްތައް ހިމެނޭ މާލި ނައިޓަކީ ވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ހަރަކާތްތަކެކެވެ.
ކެނދިކޮޅުދޫގައި ޢީދު ފާހަގަކުރަނީ އެރަށު 2 އަވަށް ކަމަށްވާ "ކެނދިކޮޅު" އަވަށާއި "ކުޅުދޫ" އަވަށް ގުޅިގެން ވަރަށް އެކުވެރި ވާދަވެރި މާހައުލެއްގައެވެ.