Advertisement
BML Home 2nd Ad

ޙަރާމް ފައިސާއިން ޙައްޖުވުމުން ޙައްޖު ޞައްޙަވާނެތަ؟

ޙައްޖު ޞައްޙަވާނެއެވެ. އަދި އޭނާގެ މައްޗަށް ވާޖިބުވި ޙައްޖުގެ ފަރުޟު އަދާކުރީ ކަމުގައިވާނެއެވެ. އެކަމަކު އެއީ މަބްރޫރު ޙައްޖެއްކަމުގައި ނުވާނެއެވެ. ބޮޑުވެގެންވާ އުނިވުމަކުން އޭނާގެ ޙައްޖުގެ ޘަވާބު އުނިވާނެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އިމާމު ނަވަވީ ރަޙިމަހުﷲ އަލްމަޖްމޫޢު ގައި ވިދާޅުވެފައިވެއެވެ. “ޙަރާމް ފައިސާއިން ޙައްޖުވިނަމަ، ފާފަވެރިވާނެއެވެ. އެކަމަކު އޭނާގެ ޙައްޖު ޞައްޙަވާނެއެވެ. އަދި ޙައްޖުވުމުގެ ވާޖިބު އޭނާގެ ކިބައިން ކެނޑިގެންދާނެއެވެ. ފިޤްހު ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. “ المجموع (7/62)

މައުސޫއަތުލް ފިޤްހިއްޔާގައި ވެއެވެ.

“ޝުބުހައެއް އެ ފައިސާގައިވާ ފައިސާއަކުން ނުވަތަ ފޭރިގެންފައިވާ ފައިސާއަކުން ޙައްޖުވެއްޖެނަމަ ބޭރުފުށުގެ ޙުކުމުގައި އޭނާގެ ޙައްޖު ޞައްޙަވާނެއެވެ. އެކަމަކު އޭނާއީ ފާފަވެރިއެކެވެ. އަދި އޭނާގެ ޙައްޖަކީ މަބްރޫރު ޙައްޖެއް ނޫނެވެ. މިއީ އިމާމު ޝާފިޢީ އާއި އިމާމު މާލިކާއި އިމާމު އަބޫ ޙަނީފާ ރަޙިމަހުމުﷲ ގެ މަޛްހަބެވެ. އަދި ކުރީގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ގިނަބޭކަލުންގެ މަޛްހަބެވެ.

އަޙްމަދު ބިން ޙަންބަލް ރަޙިމަހުﷲ ވިދާޅުވިއެވެ. “ޙަރާމް ފައިސާއިން ޙައްޖުވިޔަސް އޭނާގެ ކިބައިން ޙައްޖުގެ ފަރުޟުކަން ކެނޑިގެނެއް ނުދާނެއެވެ.” އަޙްމަދު ބިން ޙަންބަލްގެ އެހެން ޤައުލެއްގައި ވެއެވެ. “އެކަން ޙަރާމްވުމާއެކުވެސް ޙައްޖު ޞައްޙަވާނެއެވެ.” ޞައްޙަ ޙަދީޘްގައި ވެއެވެ. أَنَّهُ صلى الله عليه وسلم : ذَكَرَ الرَّجُلَ يُطِيلُ السَّفَرَ , أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ : يَا رَبِّ , يَا رَبِّ وَمَطْعَمُهُ حَرَامٌ , وَمُشْرَبُهُ حَرَامٌ , وَمَلْبَسُهُ حَرَامٌ , وَغُذِّيَ بِالْحَرَامِ , فَأَنَّى يُسْتَجَابُ لِذَلِكَ- . رواه مسلم ދެން، އެ މީހެއްގެ ދަތުރު ދިގުވެ، ބޯ ހިރަފުސްވެ ގައި ކިލާވެފައި ވާ ޙާލު، ދެ އަތް އުޑަށް އުފުލައި، “އޭ އަޅުގެ ވެރި ރައްބެވެ! އޭ އަޅުގެ ވެރި ރައްބެވެ!” ކިޔައި ދުޢާކުރާ މީހެއްގެ ވާހަކަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޛިކުރުކުރެއްވިއެވެ. އޭނާ ކާތަކެއްޗަކީ ޙަރާމް ތަކެއްޗެވެ. އޭނާ ބޯ ބުއިމަކީ ޙަރާމް ބުއިމެވެ. އޭނާލަނީ ޙަރާމް ފޭރާމެވެ. އޭނާ ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތީންނެވެ. ފަހެ އޭނާގެ ދުޢާ އިޖާބަ ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟ الموسوعة الفقهية -17/131 :

ޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “ﷲ ތަޢާލާ ޝަރްޢުކުރެއްވި ގޮތަށް (ޙައްޖުގެ މަނާސިކުތައް) އަދާކޮށްފިނަމަ އޭނާގެ ޙައްޖު ޞައްޙަވާނެއެވެ. އެކަމަކު އޭނާ ފާފަވެރިވާނެއެވެ. އެއީ ޙަރާމް އެއްޗެއް ބޭނުންކުރުމުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް ވަނީ އެކަމުން ތައުބާވުމެވެ. އެއީ ޙަރާމް ގޮތުގައި ހޯދި ފައިސާއިން ވީ ޙައްޖަކަށްވުމާއެކު އޭނާގެ ޙައްޖުގެ ޘަވާބު އުނިވާނެއެވެ. އެކަމަކު އޭނާގެ މަތީން ޙައްޖުގެ ފަރުޟު ކެނޑިގެންދާނެއެވެ.” . فتاوى ابن باز 16/387

ފަތުވާ އައްލަޖުނާ އައްދާއިމާގެ ފަތުވާގައި ވެއެވެ. “ޙަރާމް ފައިސާއިން ޙައްޖުވުމަކީ ޙައްޖުގެ ޞައްޙަކަން މަނާކުރާ ކަމެއް ނޫނެވެ. ޙަރާމްގޮތުގައި ފައިސާ ހޯދުމުގެ ސަބަބުން އެމީހަކު ފާފަވެރިވާނެއެވެ. އަދި ޙައްޖުގެ އަޖުރު އުނިވާނެއެވެ. އެކަމަކު ޙައްޖު ބާޠިލެއް ނުވާނެއެވެ. فتاوى اللجنة الدائمة (11/43)

މަޞްދަރު

https://islamqa.info/ar/answers/48986

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add