ފިލިފިންސަށް އެރި ތޫނާފުގެ އަސަރު 16 މިލިއަން މީހުންނަށް ކުރިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފިލިޕިންސަށް މި މަހު ކުރިމަތިވި ބާރުގަދަ ތޫފާނުގެ އަސަރު 16 މިލިއަން މީހުންނަށް ކޮށްފައިވެއެވެ. ތާރީޚުގައި މިހާތަނަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނުގައި ފިލިފިންސްގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބި، ފެންބޮޑުވެ، އެތައް ހާސް ބަޔަލު ހާލުގައި ޖެހުނެވެ. އަދި ވެސް އެ ޤައުމަށް އެ ގެއްލުންތަކުން އަރައި ނުގެނެވެއެވެ.
ގެދޮރު ގެއްލުނު މީހުންނަށް އަދިވެސް ހިޔާވަހި ކަމެއް ނުލިބެއެވެ. އެތައް ހާސް ބަޔަކު ތިބީ ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައެވެ.
ސަރުކާރުގެ އިދާރާތަކުން ކެނޑިނޭޅި މިކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ބިމާ ހަމަވެފައިވާ ކަރަންޓުގެ އިންފްރާސްޓްރަކްޗަރ އާއި ބައެއް ބިނާތަކާއި ގަސްގަހާ ގެއްސާއި ގެދޮރާއި މަރުވެފައިވާ ވަލު ޖަނަވާރުތައް ސާފުކޮށް ދިރިއުޅެން އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެއީ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވުމާއި 140 މޭލަށްވުރެ ބާރަށް ޖެހުނު ވައިގެ ސަބަބުން މަގުބައްތި އާއި ބިލްބޯޑުތަކާއި މިނޫންވެސް އެތަކެއް ސާމާނެއް ބިމާހަމަވެ، ފެންގަނޑު ތެރެއަށް ގޮސްފައިވުމުން އުފެދިފައިވާ ނުރައްކަލުގެ ސަބަބުންނެވެ.
މި މަހު ދެ ފަހަރު ޕިލިޕިންސަށް ތޫފާނުގެ އިންތިހާ ނުރައްކަލާ ކުރިމަތިވެފައިވެއެވެ. ސޯސަލް މީޑިޔާގައި ފެތުރޭ ފޮޓޯތައް ބަލާލުމުން ފިލިޕިންސުގެ ބައެއް ހިސާބުތަކުގެ ދިރިއުޅުމުގެ ހާލަތު ސާފުވާނެއެވެ.