ކޮވިޑް ވެސިން އުފެއްދުމުގައި ޗައިނާ އާއި މެލޭޝިޔާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން އުފެއްދުމުގެ ފަންނީ މަސައްކަތްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް ޗައިނާ އާއި މެލޭސިޔާއިން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން މެލޭޝިޔާއިން ފޯރުކޮށްދޭނީ ފަންނީ އެހީތެރިކަމެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތްކުރިއަށް ގެންދާނީ ޗައިނާއިންނެވެ.
މި މަސައްކަތްތައް ވިލަރެސްކޮށް ބެހެއްޓުމުގެ ޒިންމާ އުފުއްލަވާނީ ދެ ގައުމުގެ ޚާރިޖީ ވަޒީރެވެ.
ދެ ގައުމު ގުޅިގެން ތަރައްގީކުރާ ވެކްސިން ވީ އެންމެ އަވަހަކަށް އާންމު ކުރުމަށް ދެ ގައުމުން އޮތީ އެއްބަސްވެފައެވެ. އަދި މި ވެކްސިން ފޯރުކޮށްދިނުމުގައި އިސްކަން ދޭނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށެވެ.