Ad

ފިނި ހަނގުރާމައަށް ފަހު އިނގޭސިވިލާތުން މިލިޓަރީއަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓަށް ތައްޔާރުވަނީ!

އިނގިރޭސިވިލާތެ އަސްކަރީ ޤާބިލުކަން ޒަމާނީކުރުމަށްޓަކައި އާދަޔާ ޚިލާފު ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. މި އިންވެސްޓަމަންޓަކީ ފިނި ހަނގުރާމައަށް ފަހު އެ ގައުމުން މިލިޓަރީއަށް ކިރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަންއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އިންވެސްޓްމަންޓުގެ ބޭނުމަކީ އިނގިރޭސި އަސްކަރީ ގާބިލުކަން ޒަމާނީކޮށް ވަރުގަދަކޮށް، ސައިބަރސްޕޭސް ކެޕޭސިޓީ މަތިކުރުމެވެ. އަދި މި ބަދަލުތަކާއެކު ދުނިޔޭގެ ގުޅުންތައް ވަރުގަދަކޮށް، ފްރީ ޓްރޭޑްގެ ހަރަކާތްތަކަށް އެހީތެރިވަމުންގެންދާނެއެވެ.

މިހާރު އިނގިރޭސިވިތުގެ މިލިޓަރީ ބަޖެޓު އުޅެނީ 42 ބިލިއަން ޕައުންޑަށްވުރެ ދަށުގައެވެ. ޕްރައިމް މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑުގެ މި ނުރައްކާތެރި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ސަލާމަތާއި ރައްކާތެރިކަމަށް ވާތީ، ކުރިއަށް އޮތް ހަތަރު އަހަރަށް ނިސްބަތުން އަހަރު 16 ބިލިއަން ޕައުންޑް އަސްކަރީ ބަޖެޓަށް އިތުރުކުރުމަށް ނިންމީ އެވެ.

މި އިންވެސްޓްމަންޓާއެކު އިނގިރޭސިވިލާތަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން މިލިޓަރީއަށް އެންމެ ބޮޑު ހޭދައެއް ގައުމަށް ވާނެއެވެ. އަދި ނޭޓޯގެ ބައިވެރިންގެ ތެރެއިން އިނގުރޭސިން އުޅެނީ ދެވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *