ފިހާރައަކުން އައިނެއް ވަގަށްނެގި މީހަކު ހޯދަނީ

ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ވީޑިއޯއެއް ހިއްސާކޮށް ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިހުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމެށެވެ.

ނަމަވެސް އެ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދިފައެއް ނުވާ ކަމަށާއި އެގހެންކަމުން އެ މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އިނގޭ މީހަކު ހުންނެވިނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *