އިމާމު ކަމާ ގުޅޭ އާއްމު އިމްތިހާނެއް ތައާރަފް ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

އިމާމު ކަމާ ގުޅޭ އާއްމު އިމްތިހާނެއް ތައާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތައާރަފް ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިމާމުކަމުގެ ކޯހެއް ހަދާފައިނުވާ ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ހަދާފައި ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި އާއްމުކޮށް، އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާއްމު އިމްތިހާނެއް ތައާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތައާރަފް ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.

އެގޮތުން އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމަށްޓަކައި އެ ފަދަ އިމްތިހާނެއް ތަޢާރަފްކުރުމުގެ އިތުރުން ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *