ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ހުންނަ އަމާން ދޯދި ޓަވަރަކުން ވެއްޓުނު ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން ދޯދި 5 ވަނަ ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓިގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ ރޭ 23:15 ގައި ކަމަށެވެ.
އެކުއްޖާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފަހުން އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް އެ ކުއްޖާ ވަނީ ބަދަލުކޮށްފައެވެ.