އެމްޑީޕީ ސެކްރެޓޭރިއޭޓުގައި އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް އުފައްދަވައިފި އެވެ.
ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފިއެވެ.
މިއޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކަށް އައްޔަނުކޮށްފައިވަނީ ކުރީގެ ފައިނޭންސް މިނިސްޓަރު، އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އިބްރާހިމް ޢަމީރެވެ.