11 ރަށަކަށް ސަރުކާރުން ފަތްކެޔޮ ގަސް ފޯރުކޮށްދީފި އެވެ.
ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ސަރުކަރުން ހިންގާ މަޝްރޫއުގެ ދަށުން 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އެގްރިކަލްޗަ މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރިގްރާމުގައި ފަތްކެޔޮގަސް ފޯރުކޮށްދީފައިވާ 11 ރަށަކީ މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ކޮމިޓީތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ އަށް ޙިއްސާކުރި ރަށްތައް ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ފަތްކެޔޮގަސް ފޯރުކޮށްދީފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހއ. އުލިގަން، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ށ. ބިލެތްފަހި، ށ. ގޮއިދޫ، ށ. މަރޮށި، ނ. މާޅެންދޫ އަދި ނ. މާފަރު އެވެ.