މިދިޔަ ހަފްތާގައިވެސް މާލެ ސަރަހައްދުން ހިމަބިއްސަށް 2 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފި އެވެ.
ވޭތިވެދިޔަ ހަފްތާގައި ޕޮޒިޓިވްވި 2 މީހުންނާއެކު މި އަހަރުގެ މިހާތަނަށް މާލެސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ.
މިދިޔަ ހަފްތާގައިވެސް 5 މީހަކު އެ ބައްޔަށް މާލެ ސަރަހައްދުން ޕޮޒިޓިވް ވި އެވެ.
އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮސްފައެވެ.