Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ކޮވިޑް 19 – ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 32 މީހުންޤ

ރާއްޖެއިން މިއަދު ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 32 މީހުން ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ،އޭއިން ބުނީ، ރާއްޖެއިން މިއަދު ނެގީ 1،561 ސާމްޕަލް ކަމަށާއި، އޭގެތެރެއިން  ގްރޭޓަރ މާލެ ސަރަހައްދުން 19 ކޭސް ފެނިފައިވާ ކަމަށެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި 13 މީހުންނާއިއެކު ޖުމްްލަ 32 މީހުން މިއަދު ޕޮޒިޓިވްވި ކަމަށްވެސް. އެޗް.ޕީ،އޭއިން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 17 ދިވެހިންނާއި، 15 ބިދޭސީންނެވެ.

މިމީހުންނާއިއެކު ރާޢްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،578 އަށް އަރާފައިވާއިރު، ބައްޔަށް ފަރުވާކުރާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން 82 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭއިރު، ބަލި ޖެހިގެން ފަރުވާކުރާ މީހުންގެ ޖުމްލަ އަދަދުވަނީ 967 އަށް އަރާފައެވެ.
ބައްޔަށް ފަރުވާކުރާ މީހުންގެ ތެރެއިން 30 ރިސޯޓުގައި 52 ފަތުރުވެރިންނާއި 155 މުވައްޒަފުން ހިމެނެއެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެެރެއިން 11،559 މީހުންވަނީ ބަލިން ރަގަޅުވެފައެެވެ.

އަދި މިބަލީގައި 45 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *