މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.
ޝަކީލް ހައްޖުކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައިމިވަނީ އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމުގެ މަޤާމަށް އޭނާ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދީފައިވަނިކޮށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އޭނާގެ އިސްތިުފާ ގަބޫލުކޮށް ހައްޖުކޯޕަރޭޝަނުގެ އެމްޑީގެ މަޤާމުންނާއި ބޯޑު މެންބަރުގެ މަޤާމުން ޝަކީލް ވަކިވެފައިވާކަން ހާމަކޮށްފައެވެ.