ށ ފުނަދޫ އިސްރަށްވެހިންގެ ހިޔާ އިމާރާތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
ށ ފުނަދޫ އިސްރަށްވެހިންގެ ހިޔާ އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޖެންޑަރ މިނިސްޓަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީ އެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން އެވެ.
ދައުލަތުގެ ބަޖެޓުން 37.46 މިލިއަން ރުފިޔާ ޙަރަދުކޮސްގެން އެ ރަށުގައި އިމާރާތްކުރާ އިސްރައްވެހިންގެ ހިޔާ އަކީ 2 ފަންގި ފިލާ ހިމެނޭހެން އިމާރާތްކުރާ 40 މީހުންގެ ޖާގައިގެއިމާރާތެކެވެ. މި އިމާރާތުގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި، މުނިފޫހިފިލުވުމުގެ ކަންކަމަށްވެސް ސަރަޙައްދެއް ޚާއްސަކޮށްފައިވެއެވެ.