ޕާޓީތަށް ފަނޑުވެދާއިރުވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު އެމްޑީޕީ ދެމިއޮތީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން: ފައްޔާޒް

އެތަށް ޕާޓީތަކެއް ފަނޑުވެދިޔައިރުވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު އެމްޑީޕީއަށް ދެމި އޮވެވުނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީ 21 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުން އެތައް ޕާޓީތަކެއް ފަނޑުވެދިޔައިރު ވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު އެ ޕާޓީއަށް ކަޑައްތުކުރެވުނީ އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީން ކަމަށެވެ.

އަދި ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް އެމްޑީޕީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށާއި، މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރު ކަމަށާއި، ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު ކަމަސްވެސް ފައްޔާޒުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެއަށް އިޞްލާޙީ ސިޔާސީ  ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީ ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތް ކަމަށާއި، އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަސްވެސް ފައްޔާޒުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ފައްޔާޒުވަނީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެމްޑީޕީގެ މެންބަރުންނާއި، ލީޑާޝިޕާއި، ޕާޓީގެ އެންމެހާ ހިދުމަތްތެރިންނަށް އަރިސްކުރަން.

ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ. މީގެ 21 އަހަރުން ކުރިން ރަސްމީކޮށް މި ޕާޓީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި އެމްޑީޕީ ކުރާނެ މަސައްކަތެއް ކަމަސާއި، އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި، އަދި އެދެނީ ކާމިޔާބު މިންވަރު ކުރެއްވުމަށް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *