މާލެ ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯރޓްސް ލިމިޓެޓް (އެމްޕީއެލް) ގެ ބާޖަކުން ކަނޑަށް ވެއްޓުނު ކޮނެޓެއިނަރ ތަކުގެ ތރެއިން 3 ކޮންޓެއިނަރ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެމްޕީއެލްގެ ބާޖުން ކަނޑަށް ވެއްޓުނީ 5 ކޮންޓޭނަރު ކަމަށާއި އޭގެ ތެރެއިން ދޭތި މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ ވިޔަފާރި ބަނދަރު މަގަތު ފާލަން ކައިރިން ރޭ ހިނގި މި ހާދިސާގައި ކަނޑަށް ވެއްޓުނު ކޮންޓެއިނަރ ތައް އޮޔާދާދީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.
ފުލުހުންވެސް އެ ހާދިސާގެ ރިޕޯޓް ރޭ 1:10 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
އަދި ކަނޑަށް ވެއްޓުނު 5 ކޮންޓެއިނަރގެ ތެރެއިން 2 ކޮންޓެއިނަރ ވަނީ ފެނިފައިކަމަށާއި 3 ކޮންޓެއިނަރ ނުފެނަނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.