ޒަމާނީ ފެންވަރުގެ ފުލުހުންގެ ހެޑް ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ޒަމާނީ ފެންވަރުގެ ފުލުހުންގެ ހެޑް ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މޫހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރާއްޖޭގައި ފުލުހުންގެ ޚިދުމަތަށް ގާއިމްވިތާ 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޙިދުމަތަކީ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތަކަށް ހަދައި އެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒެއް ގާއިމް ކޮށްދެއްވުމުގެ އިތުރުން ޒަމާނީ ފެންވަރުގެ ފުލުހުންގެ މައި މަރުކަޒް ނުވަތަ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި އެކަންކަން ކުރެއްވުމުގައި ޤާނޫނީ ބަދަލުތައް ގެނަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތް ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވުން ކަމަށްވީ ނަމަވެސް އެކަންކަންވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ރޭގެ ޖަލްސާގައި ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *