އަމިއްލަ ގޯތީގައި ގެދޮރުއިމާރާތްކުރުމަށް ނަގާ ލޯނުގެ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފި

އަމިއްލަ ގޯތީގައި ގެދޮރުއިމާރާތްކުރުމަށް ނަގާ ލޯނުގެ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދޭން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ހައުސިންގ ޓްރަސްޓް ފަންޑް އުފައްދަވައި އެ ފަންޑު އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ އެ ފަންޑް ފުޅާކުރުމުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ބޭނުންވާ އިކުއިޓީ އެ ފަންޑުން ހަމަޖައްސަވައިދެއްވުން ކަމަށެވެ.

އެގޮތުން އެ ފަންޑު ބޮޑުކޮށްގެން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންނާ އެކީގައި ހައުސިންގ ލޯނުގެ އިކުއިޓީ އެފަންޑުން ދޭން ފެށެނެ ކަމަށާއި، އަދި މި އަހަރު ތެރޭގައިވެސް އިކުއިޓީ ފައިނޭންސް ދެވޭގޮތް ވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެބަ މަސައްކަތްކުރަން ހައުސިން ޓްރަސްޓު ފަންޑު ގާއިމުކޮށްގެން، މިހާރު ހުރި ފަންޑު ބޮޑުކޮށްގެން އިތުރު ފުރުސަތުތައް ދޭންވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ. އެގޮތުން އަޅުގަނޑުމެން މަސައްކަތްކުރަނީ ފަންޑު ބޮޑުކޮށްގެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންނާ އެކީގައި އަދި މި އަހަރު ތެރޭގައިވެސް މަސައްކަތްކުރާނަން އިކުއިޓީ ފައިނޭންސް ދެވޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭންކުތަކުން ލޯނު ނެގުމުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ އިކުއިޓީ ހަމަނުޖެހުންކަމަށާއި، ނަމަވެސް ހައުސިން ޓްރަސްޓު ފަންޑުން އިކުއިޓީ ފޯރުކޮށްދެވޭ ގޮތަށް ހަމަޖެހުމުން އެ މައްސަލައަށް ވަރަށް ފަހި ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *