އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ޝަކީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އެ ކޮމިޝަނުގެ މެންބަރު މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަކީލް އީސީ މެންބަރުކަމުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ އެކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އެ ކޮމިޝަނުގެ ރައޫސް ކަމުގެ މަގާމުންނާއި މެންބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު އެވެ.

އީސީގެ ރައީސް ގެ މަގާމަށް ޝަކީލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއާޔާ ފޮނުއްވުމާ ގުޅިގެން ޝަކީލް އީސީގެ ރައީސްކަމުގެ މާޤާމަށް އައްޔަނުކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް 51 މެމްބަރުން، ނުފެންނަ ކަމަށް 8 މެމްބަރުން ވަނީ ވޯޓު ދެއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *