ސިގިރެޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރާ ބިލު ރައީސް ތަސްދީގުކުރައްވައިފި

ސިގިރެޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ހުށަހެޅި އިޞްލާޙުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސިގިރެޓަކުން ކުރިން ނަގަމުން އައި 8 ރުފިޔާގެ ބަދަލުގައި މި އިސްލާހަށް އަމަލުކުރަން ފެށުމުން ދެން ނަގާނީ 4 ރިފިޔާ އެވެ.

ސަރުކާރުގެ ފަރާތުނއ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

މިދިޔަ ޖޫން މަހު ހުށަހެޅި މި ބިލު ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ. އަދި މުޅި މަޖިލިސް ހިމެނޭ ކޮމެޓީން މި ބިލުވަނީ ސަރުކާރުން ހުށަހެޅިގޮތަށް ފާސްކޮށްފައެވެ. އެއަށްފަހު އެ ބިލު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ރައީސް ތަސްދީގުކުރައްވާތާ 30 ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *