ޒަކާތާ ގުޅޭ 4 ފޮތެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނެރެދެއްވައިފި އެވެ.
މި 4 ފޮތް ރައީސުލްޖުމްހޫރިއްޠާ ނެރެދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހުޅުވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ނެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށްފަހު ޒަކާތާ ބެހޭ 4 ފޮތް ނެރެދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަނީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުޒިޔާރަތްކުރައްވާފައެވެ.
ޒަކާތު ހައުސްގެ ސްޓޯލުން ރައީސަށް މަރުހަބާދެންނެވީ ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ. އަދި އެއަށްފަހު ރައީސް ޑރ މުއިއްޒު ވަނީ "ޒަކާތާއި އަޤީދާ" ފޮތާއި "ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު" ފޮތާއި، "ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް" ފޮތާއި، "ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ" ފޮތް ނެރެދެއްވާފައެވެ.
އެއަށްފަހު ޒަކާތު ހައުސްގެ ސްޓޯލުން ރައީސް ޑރ މުއިއްޒު އަށް ވަނީ "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" ފޮތުގެ ދިވެހި އަދި އިނގިރޭސި ފޮތްވެސް އަރުވައިފައެވެ.