ހޮޅުދޫގައި ކުރިއަށްގެންދިޔަ މި ޝެޝަނަކީ ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެދިޔަ ޝެޝަނެކެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ކުރިމަތިވާނަމަ އެކަން ސިއްރުކުރުމުގެ ބަދަލުގައި އަވަހަށް ރިޕޯޓުކުރުމަށް މިޝެޝަނުގައި ހިތްވަރުދީ މައުލޫމާތު ދީފައިވެއެވެ.
އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކުން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގައި އަމަލުކުރަންވީ ގޮތާއި، މި އަމުރުގެ މުހިންމު ކަމާއި، ގެވެށި އަނިޔާއިން ލިބޭ ގެއްލުމާއި، އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި ޝެޝަނުގައި، ހޮޅުދޫ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހިމެނޭހެން ޖުމުލަ 62 މީހުން ބައިވެރިވެފައި ވެއެވެ.