Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑް 19: އިތުރު ދިވެއްސަކު ނިޔާވެ، ނިޔާވި މީހުންގެ ޖުމްލަ 46 އަށް!

ރާއްޖެއިން ކޮވިޑް 19 ވައިރަސް ޖެހިގެން އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު މިބަލީގައި މަރުވި މީހަކީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިމީހާ މަރުވީ މިއަދު މެންދުރު 2:09 އެހާކަށްހާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

މިމީހާއާއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ 46 އަށް އަރާފައެވެ.

މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *