ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ އެ މަގާމުން ސަސްޕެންޑްކޮށްފައިވަނީ ޖޭއެސްސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އެ މައްސަލައިގެ ބާވަތާއި ތަހުގީގަށް ހޯދާފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އަލީ މުސްތަފާ 60 ދުވަހަށް ސަސްޕެންޑް ކުރަން ނިންމީ ކަމުގައިވެސް އެ ކޮމިޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *