އެމްޑީޕީ މަގުޗާޓް ކޮމެޓީ އެކުލަވާލައި މުގައްރިރު ކަމަށް ފައްޔާޒް ހަމަޖައްސައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަގުޗާޓް ކޮމެޓީ އެކުލަވާލައި މުގައްރިރު ކަމަށް ފައްޔާޒް ހަމަޖައްސައިފި އެވެ.

އެޕާޓީން ބުނެފައިވަނީ 02 މެއި 2024 ވީ ބުރާސްފަތި ދުވަހު، އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ޤަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލުމަށް ނިންމާފައި ކަމަށެވެ.

އަދި އެ މަގު ޗާޓުގެ މައްސަކަތް ނިންމުމަށް ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

މިކޮމިޓީގެ މެންބަރުންނަކީ:

1. އަލްއުސްތާޛް ފައްޔާޟް އިސްމާއިލް (މުޤައްރިރު) – މއ. ބޯގަންވިލާ / މާލެ

2. އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ – ގ. އޮއިނާށި / މާލެ

3. އަލްއުސްތާޛް އިމްތިޔާޒް ފަހްމީ – މ. އަފްޒާ / މާލެ

4. އަބްދުﷲ ސާދިޤް – ކައުސަރު / ސ. ހިތަދޫ

5. އަލްއުސްތާޛް މައުރޫފް އަޙްމަދު – ނިއުލައިޓް / ލ. ކަލައިދޫ

6. އިބްރާހިމް ވަޙީދު – މ. ބަނަފްސާވިލާ / މާލެ

7. މުޙައްމަދު ރަޝީދު ޙުސައިން – މ. ޖަވާހިރުވާދީ / މާލެ

8. އަޙްމަދު އަބްދުﷲ – އޯޝަންވިލާ / ހއ. ތަކަންދޫ

9. އަލްއުސްތާޛް މަޙްފޫޒް ސައީދު – ވިކްޓަރީ / ގއ. ކޮލަމާފުށި

10. ޔާސިރު ޢަބްދުލްލަޠީފް – މިޒާޖް / ހދ. ކުޅުދުއްފުށި

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *