Ad
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މިއަދު ނެގި 1،763 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 30 މީހުން!

މިއަދު ނެގި 1،763 ސާމްޕަލްއިން ޕޮޒިޓިވްވީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 27 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 3 މީހުން ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި ހިމެނެނީ، 22 ދިވެހިންނާއި، 8 ބިދޭސީން ކަމަށްވެސް އެޗް.ޕީ.އޭއިން ބުނެއެވެ.

މިމީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 12،608 އަށް އަރާފައެވެ. މީގެތެރެއިން 86 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭއިރު، ބައްޔަށް ފަރުވާކުރާ މީހުންގެ ޖުމްލަ އަދަދުވަނީ 956 އަށް އިތުރުވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،599 މީހުންވަނީ ބަލިން ރަގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 46 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *