Screenshot
Screenshot

ކަނޑުމަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ހާއްސަ ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަން ސާކް ގެ ގައުމުތަކުން ނިންމައިފި

ކަނޑުމަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ހާއްސަ ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ގައުމުތަކުން ނިންމައިފި އެވެ.

ކަނޑުމަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ހާއްސަ ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރުމަށް ނިންމާފައިވަނީ ސާކް އެގްރިކަލްޗަރ ސެންޓަރު އަލުން ހަރަކާތްތެރިކުރުމަށްޓަކައި އެސެންޓަރުން ނިންުމުމެއްގެ ގޮތުގައެވެ.

ސާކްގެ މެންބަރު ގައުމުތަކުން މި ނިންމުމަށް އެއްބަސްވެފައިވަނީ ކަނޑުގެ މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ބޭއްވި ސަރަހައްދީ މަޝްވަރާ ބައްދަލުވުމެއްގައެވެ.

މީގެ އިތުރުން ބޭނުންކުރެވޭ މިންވަރަށްވުރެ އިތުރަށް މަސްބޭނުމާއި، ގަވާއިދާ ހިލާފަށް މަސް ބޭނުމުގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ އިތުރުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކާއި އެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މަސައްކަތްކުރުމަށްޓަކައި ސަރަހައްދީ ރޯޑްމެޕެއް އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

އަދި މަސްވެރިކަމުގެ އުފެއްދުންތަކުގެ އަގު އެއްވަރުކުރުމާއި، ބާޒާރުތަކަށް ފަސޭހައިން ވަދެވޭނެ ގޮތްތައް ހޯދުމާއި، އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި ގުޅޭގޮތުން ކޮންމެ ގައުމަކަށް ހާއްސަ އެކްޝަން ޕްލޭންތަކެއް ތައްޔާރުކުރުމުގެ މަސައްކަތާއި، ސަރަހައްދީ ފެންވަރުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އިރުޝާދުތައް ހިމެނޭ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ މި މަޝްވަރާގެ ތެރެއިން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *