މިއަހަރުގެ ޖޫން މަހާ ހަމައަށް މުވައްޒަފުންގެ މުސާރަ ދިނުމަށް ދައުލަތުން ކޮށްފައިވާ ހޭދަ 10 އިންސައްތަ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ހޭދަކޮށްފައިވަނީ 7.2 ބިލިއަން ރުފިޔާ ޙެދަކޮސްފައިވާއިރު މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް 8 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
ފިނޭންސްގެ ހިސާބުތައް ދައްކާގޮތުން މީގެ ތެރެއިން 3.1 ބިލިއަން ރުފިޔާ އަކީ އެލަވަންސަށް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއެވެ. އެ އަދަދަކީ މިދިޔަ އަހަރު އެލަވަންސްގެ ގޮތުގައި ދޫކޮސްފައިވާ އަދަދާއި އަޅާބަލާއިރު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މީގެ އިތުރުން އަސާސީ މުސާރަ ދިނުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ މި އަހަރު އިތުރަށް ގޭދަކޮސްފައިވާއިރު ޕެންޝަން ހަރަދު ވަނީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އަދި ތެރެއިން ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތަކުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 390 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 އިންސައްތަ އިތުރު އަދަދެކެވެ.