ގޯއްޗާ ފުލެޓް ވިއްކައިގެން ފައިސާ ހޯދަމުންދިޔަ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި

ސަރުކާރުން ކުރިއަށް ގެންދާ ހައިސިންގ ސްކީމު ތަކުން ފްލެޓާއި، ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަޤާމުން ވަކިކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަޤާމުން ވަކިކޮސްފައިވާ ކަމަށް ވިދަޅުވެފައެވެ.

މުންދު ވިދާޅުވީ މައްސަލަ ސަމާލުކަމަށް އައުމާއެކު ފުރަތަމަ އޭނާ ސަސްޕެންޑު ކުރި ކަމަށާއި، ވުޒާރާގެ އެތެރޭގެ ތަޙުޤީޤުން އެ ތުހުމަތުތަކުގައި ޙަޤީޤަތްތަކެއް ހުރިކަން ހާމަވުމުން މަޤާމުން މިހާރުވަނީ އޭނާ މަޤާމުން ވަކިކޮސްފައި ކަމަށެވެ.

އަދި ފުލުހުންވެސް ވަނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާގުޅިގެން އެކަން ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *