ދިވެހި އަންހެން ފުލުހަކު އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިންގެ އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ފުރިހަމަކޮށްފި

ދިވެހި އަންހެން ފުލުހަކު އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން އިން ހިންގި އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ފުރިހަމަކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ފުރިހަމަކޮސްފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ އެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި، ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމް ދުނިޔޭގެ އެކި ގައުމަތަކުން ޖުމުލަ 62 އޮފިސަރުން ފުރިހަމަކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *